މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ މާލެއިން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ހުރިހާ އަތޮޅަކަށް ވައިޓް އެލާޓު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭގޮތުގައި އެ ސަރަހައްދުތަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ވައިޓް އެލާޓު ނެރެފައިވަނީ މެންދުރު 12:00 ން ހަވީރު 5:00 އަށެވެ. ވައިޓް އެލާޓު ނެރެނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިއަދު ހެނދުނު 10:00 ން މާދަމާ ހެނދުނު 10:00 އަށް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރިޔަސް އުތުރުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ އެވެ. އެކަމަކު ކަނޑު ގަދަވާނެ ކަމަށް ބުނެ އެވެ.
މެޓް އޮފީހާއި ފުލުހުންނާއި އެމްއެންޑީއެފުން ވަނީ މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް