މިދިޔަ މަހު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް 243 މިލިއަން ރުފިޔާ ލިބުނު

މިދިޔަ އޯގަސްޓް މަހު އިމްޕޯޓު ޑީއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 243 މިލިއަން ރުފިޔާ ލިބުނު ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ. އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބ...

11 Sep 2017 | 06:40

މިދިޔަ އޯގަސްޓް މަހު އިމްޕޯޓު ޑީއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 243 މިލިއަން ރުފިޔާ ލިބުނު ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރުގެ އޯގަސްޓު މަހު ލިބިފައިވަނީ 214 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އަދަދު ވަނީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު 14 ޕަސެންޓު އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް 3.1 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޔޫއޭއީންނެވެ. އެތެރެކުރި މުދަލުގެ 19 ޕަސެންޓު އެގައުމު ހިއްސާ ކުރާއިރު ޗައިނާއިން އިމްޕޯޓު ކުރި މުދާ 13 ޕަސެންޓު ހިއްސާ ކުރެ އެވެ. އަދި އިންޑިއާއިން އެތެރެ ކުރި މުދާ 12 ޕަސެންޓު ހިއްސާ ކުރެ އެވެ.

މިދިޔަ މަހު އެކްސްޕޯޓު ކުރި މިންވަރު މިދިޔަ އަހަރާ އަޅާ ބަލާއިރު 18 ޕަސެންޓު އިތުރުވެފަ ވެއެވެ. މިދިޔަ މަހު ރާއްޖެއިން 269 މިލިއަން ރުފިޔާގެ ތަކެތި އެކްސްޕޯޓު ކޮށްފައިވާއިރު އެންމެ ގިނައިން ކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ.

އެހެން މަސްމަހެކޭ އެއްގޮތަށް މިދިޔަ މަހުވެސް އެންމެ ގިނައިން މަސް އެކްސްޕޯޓު ކުރީ ތައިލެންޑަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް