ބަނގުރާ ފުޅިއަކާއެކު ވޭމަންޑޫން ދެ މީހަކު ހައްޔަރު ކޮށްފި

ބަނގުރާފުޅިއަކާއެކު ތ ވޭމަންޑޫން ދެމީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށާއި މި އޮޕަރޭޝަން ހިނ...

11 Sep 2017 | 05:45

ބަނގުރާފުޅިއަކާއެކު ތ ވޭމަންޑޫން ދެމީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށާއި މި އޮޕަރޭޝަން ހިންގާފައި ވަނީ، ބަނގުރާ ގެންގުޅޭ ކަމުގެ މައުލޫމާތު ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް ލިބިގެން 9 ސެޕްޓެމްބަރ 2017  ވީ ހޮނިހިރު ދުވަހު ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެރަށު ބަނދަރު ސަރަހައްދުން ހުއްޓުވާ ބަލައި ފާސް ކުރުމުގެ ތެރޭގައި ބަނގުރާ ފުޅިއެއް އެމީހުންގެ އަތުން ފެނިގެން ކަމަށެވެ. އަދި މި މައްސަލަ ދަނީ ވޭމަންޑޫ ޕޮލިސް ސްޓޭޝާނުން އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް