ފޮޓޯގައި އެވަނީ މިޔަންމާގެ ރަކީން ސްޓޭޓްގެ މުސްލިމް ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ އުމުރުން 12 އަހަރުގެ ޖާޝިމް އެވެ. މިޔަންމާ ސިފައިން ރަކީން ސްޓޭޓަށް އަރައިގަނެ ހަމަލާ ދޭން ފެށުމުން ރަކީން ދޫކޮށް ޖާޝިމް ބަންގްލަދޭޝް ބޯޑަރު ސަރަހައްދަށް އައީ 13 ދުވަހު ހިނގުމަށްފަހުގަ އެވެ. މިއީ ޖާޝިމް ކު 13 ދުވަހުގެ ދަތުރުގެ ވާހަކަ އާއި ޖާޝިމް ދުނިޔެއަށް ދޭން ބޭނުންވާ މެސެޖުގެ ވާހަކަ އެވެ. މިއީ އަލްޖަޒީރާ އަށް ޖާޝިމް ދީފައިވާ އިންޓަވިއު އެކެވެ.
----------------------------------------------------
އަހަރެންގެ ނަމަކީ ޖާޝިމް، އަހަރެންގެ އުމުރަކީ 12 އަހަރު، ސިފައިން ހަމަލާ ދޭން ފެށިއިރު އަހަރެން އިނީ ސްކޫލުގައި ކިޔަވަން. އަހަރެން އެންމެ ކިޔަވާ ހިތްވަނީ އިނގިރޭސި، އެއީ އިނގިރޭސި ދަސްކޮށްގެން ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނާ މުހާތަބު ކުރެވޭނެތީ އަހަރެންގެ ހިޔާލު އެމީހުންނާ ހިއްސާ ކުރެވޭނެތީ. އުންމީދު ކުރަނީ އަދިވެސް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް. އަހަރެން ބޮޑުވެގެން ވާން ބޭނުންވަނީ ޓީޗަރަކަށް.
އަސްކަރީ ސިފައިން އައިސް އަހަރެމެންގެ ވިލެޖަށް ހަމަލާ ދޭން ފެށުމުން އަހަރެމެން ފިލަން ދުވީ ވަލަށް. އަހަންނަށް ބައިވަރު ސިފައިން ފެނުނު. ގާތްގަނޑަކަށް 100 ނޫނީ 200. އެމީހުން ދިޔައީ އަހަރެމެންގެ ގަޔަށް ބަޑި ޖަހަމުން އަހަރެމެންގެ ގެތައް އަންދަމުން. އަހަރެން ހުރީ ވަރަށް ބިރުން.
އަހަރެމެން ފިލާ ތިބީ ޖަންގަލީގައި. ބަންގްލަދޭޝް އަށް ދިއުމަށް ހިނގާފައި ފެށި ދަތުރު ނިމުނީ 13 ދުވަސް ފަހުން. ބައެއް ފަހަރު ވަރުބަލިވުމުން އަހަރެމެން ޖަންގަލީގައި މަޑު ކުރަމު.
އަހަރެމެންގެ މި ދަތުރުގައި އުސް ފަރުބަދަތަކާއި ކުދި ކޯރުތައް ގިރާ ކުރީމު. ހިނގަމުންދާ ހުރިހާ ވަގުތަކުވެސް އަހަރެމެންގެ ހިތުގައި ބިރުވެރިކަންވޭ. ސިފައިން ފިލާ ތިބެދާނެތީ ބިރުގަނޭ. ވަޅުލާފައި އޮންނަ ބޮމަކަށް އެރިދާނެތީ ހިނގަމުންއައިވެސް ފަރުވާތެރި ކަމާއެކު.
އަހަރެންގެ އަވަށާއިމެދު އަހަރެން ކަންބޮޑުވޭ. އަވަށް އެއީ މިހާރު ނެތްނަތެއްކަން އަހަންނަށް އެނގޭ. މިތަނަށް މިއައީ ހުސް އަތާ. ގެންގުޅުނު ހުރިހާ އެއްޗެއް ވީ އަވަށުގައި.
އަހަރެން މިއައި އަހަރެންގެ މަންމައާއެކު ބައްޕަ ވީ އަދިވެސް ރަކީން ސްޓޭޓްގައި. ބައްޕަ ބުނީ މަންމައާއެކު ސަލާމަތުގެ އައްސޭރިއަށް ދިއުމަށް. ފަހުން އާއިލާ ގާތަށް އަންނާނެ ކަމަށް ބައްޕަ ބުނި. ބައްޕަ ދުނިޔޭގެ ހުރިކަން އަދި ނެތްކަންވެސް ނޭނގެ. ފަހަކުން ހަބަރެއް ނުވޭ. ބައްޕަ އަށް ވެދާނެ ގޮތަކާއިމެދު ކަންބޮޑުވޭ.
އަލްޖަޒީރާއަށް ދީފައިވާ އިންޓަވިއު ނިންމާލަމުން ދުނިޔެއަށް ދޭންބޭނުންވާ މެސެޖަކީ ކޮބައިތޯ އެހުމުން ޖާޝިމް ބުނީ.
އަހަރެންގެ މެސެޖަކީ އަހަރެމެންނަކީވެސް މިޔަންމާގެ ރައްޔިތުން. އަހަރެމެންނަކީ މިޔަންމާގެ ރައްޔިތުން ކަމުގައި ސަރުކާރުން ބަލައިގެންފި ނަމަ ވަރަށް އުފާވާނެ. އަހަރެމެން ބޭނުންވާ ގޮތަކީ އެއީ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް