ދިވެހި އަންހެން ކަނބަލުންނަށްޓަކައި ޝޯއެއް ދިނުމަށް މީގެ ދުވަސްކޮޅެއް ކުރިން، ރާއްޖޭގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެގެނައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ އަދި އޭނާގެ ބޭންޑް "ސަނަމް" ރާއްޖޭގައި ޝޯއެއް ދިނުމަށް އަންނަން ތައްޔާރުވަމުން އެބަ ދެ އެވެ.
ސަނަމްޕޫރީ މި ފަހަރު ރާއްޖެ އަންނަނީ އައްޑޫގައި ސޯއެއް ދިނުމަށެވެ. އެ ޝޯ އޮންނަނީ އަންނަ މަހު ނުވަވަނަ ދުވަހުގެ ރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ސަނަމްޕޫރީ އައްޑޫގައި ދޭ ޝޯއަކީ ވެސް މިނިވަން 50 އާ ގުޅުވައިގެން ދޭ ޝޯ އެކެވެ. އަދި މި ޝޯ އޮންނާނީ އަންނަ މަހުގެ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ފޭދޫ ބަނދަރުމަތީގައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް