މެންޗެސްޓާ ޔުނައިޓެޑާއެކު ޑޭވިޑް ޑެހެއާ 2019 ވަނަ އަހަރާއި ހަމައަށް 4 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފިއެވެ.
ދެފަރާތުން ބޭނުމިއްޔާ އިތުރު އެއްއަހަރު އިތިރުކުރެވޭގޮތަށް ސޮއި ކުރި މި ކޮންޓްރެކްޓް ހަމަވާނީ 2019 ވަނަ އަހަރުގައެވެ.
ކޮންޓްރެކްޓް ގައި ސޮއިކުރުމަށްފަހު ޑެހެއާ ބުނެފައިވަނީ ޔުނައިޓެޑާއެކީގައި އާ ސަފްހާ އެއް ފެށޭތީ އުފާވާ ކަމަށާއި ޔުނައިޓެޑްގެ ކުޅުންތެރިންއާއެކު ކުޅެނީ އުފަލުންކަމުގައެވެ. ކޮންޓްރެކްޓާއި ބެހޭގޮތުން ވެން ހާލް ބުނެފައިވަނީ ޑެހެއާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކީޕަރުކަމަށާއި ގިނަ އަހަރުތަކެއްވަންދެން ޔުނައިޓެޑާއެކީ ޑެހެއާ މަޑުކުރާނެތީ އުފާކުރާކަމަށެވެ.
ޔުނައިޓެޑުން ޑެހެއާ ކޮންޓްރެކްޓެއްގައި ސޮއިކުރުވާފައި މިވަނީ ރެއާލް މެޑްރިޑް އިން ޑެހެއާ ގެންދަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް