މިފަހަރުގެ ޕްރިމިއާ ލީގުގައި ދެވަނަ ނުވަތަ ތިންވަނަ ލިބިދާނެ ކަމަށާއި އެކަމަކު މިފަހަރުގެ ލީގު ކާމިޔާބު ނުކުރެވޭނެ ކަމަށް އެ ޓީމް ގެ ކޯޗް ވެން ހާލް ބުނެފިއެވެ.
ވެން ހާލް މިހެން ބުނެފައިވަނީ ބީބީސީ އަށް ދިން އިންޓަރވިއުއެއްގައެވެ. މި އިންޓަރވިއުގައި ވެން ހާލް އިތުރަށްބުނެފައިވަނީ ދެން އަންނަ ސީޒަން ކާމިޔާބުކުރުމަށް އުންމީދުކުރާކަމަށެވެ.
ސްވާންސީ އަތުން ބަލިވީ ވެންހާލް ގެ ސަބަބުން ކަމަށްބުނެ އެކަމަށް ވެސް ހާލް ވަނީ މާފައް އެދިފައެވެ. އަދި މީގެ އިތުރުން ވެން ހާލް މި އިންޓަރވިއުގައި ބުނެފައިވަނީ ލިވަޕޫލްއާއި މާދަން ބައްދަލުކުރާ މެޗުން ޔުނައިޓެޑް މޮޅުވާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.
މި އިންޓަރވިއުގައި ވެން ހާލް ވަނީ އެޓީމްގެ ސަޕޯޓަރުންއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް