އދގެ ޖެނެރަލް އެސެމްބްލީއެއްގައި 119 ގައިމުގެ ވޯޓާއެކު ފާސްކުރި ބިލަކުން ނިއު ޔޯކުގައި ހުންނަ އދގެ މައި އޮފީހުގައި ފަލަސްތީނުގެ ދިދަ ނަގަން ފާސްކޮށްފި އެވެ.
މިބިލް ފާސްވުމާއެކު ޔޫއެއެންގެ ފުރިހަމަ މެންބަރަކަށް ވުމާ ގާތަށް ފަލަސްތީނު ވަނީ ޖެހިލާފައެވެ.
އދގައި މިއަދު މިފާސްކުރި ބިލް ގައި ބަޔާންކޮށްފައިވަނީ އދގައި ހިމެނޭ ނޮން-މެންބަރ އޮބްޒާރވަރ ގައުމުތަކުގެ ދިދަވެސް އެ ޖަމާއަތުގެ އޮފީސްތަކުގައި ނަގަންޖެހޭނެކަމަށެވެ. މިބިލް ފާސްކުރުމާއި ދެކޮޅަށް ވޯޓުދީފައިވަނީ އެންމެ އަށް ގައުމަކުންއެވެ. އެއީ އެމެރިކާއާއި، އިސްރާއީލާއި،ކެނެޑާއާއި، އޮސްޓްރޭލިޔާއި، މާރޝަލް އައިލެންޑްސް އާޢި، މައިކްރޮނޭށިއާއި، ޕަލާއުއާއި އަދި ޔުގާންޑާއެވެ. މިބިލް ފާސްކުރުމަށް 45 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓުދީފައެއް ނުވެއެވެ.
އިސްރާއީލް އިންވަނީ މި ބިލް ފާސްކުރުމާއި ގުޅިގެން ޔޫއެން އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އިސްރާއީލް އިން ޔޫނެއެން އަށް ކަނޑައަޅާފައި ހުންނަ އެންބެސްޑަރ ބުނެފައިވަނީ ފަލަސްތީންއިން ހުށައަޅައިފިނަމަ އދއިން ދުނިޔެއަކީ ފަތި އެއްޗެއްކަމަށް ވޯޓްދީ އެކަންވެސް އެގޮތަށް ނިންމާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް