ހަންގޭރީގެ ބޯޑަރު ހުރަސްކޮށް ދާން އުޅުނު ރެފިޔުޖީންތަކެއްގައިގައި ފައިންޖެހި ކެމެރާމަނު އެކަމަށް މައާފަށް އެދިއްޖެއެވެ.
މިއަންހެންމީހާ ބުނެފައިވަނީ އެމީހުންގައިގަ ފައިން ޖެހުނީ ކުއްލިއަކަށް ޕޮލިސް ސަފުތައް ފަޅާލައިފައި މީހުންތައް އޭނަ އާއި ދިމާއަށް އަންނަންފެށުމުން ލިބުނު ޝޮކުގައި އަމިއްލަ ނަފްސު ދިފާއުކުރަން ކަމަށެވެ. މިއަންހެންމީހާ މާފައްއެދި އެގައުމުގެ ނޫހަކަށް ލިޔުނު ސިޓީއެއްގައި އިތުރަށްބުނެފައިވަނީ އޭނައަކީ ހިތްނުބައި ނަސްލީތަފާތުކުރުން ގެންގުޅޭމީހެއްނޫންކަމަށާއި މިހާރު އޭނައަށްޖެހެމުން އަންނަ ދުއްތުރާތައް އޭނައަށް ހައްގުނުވާކަމަށެވެ.
ސޯސަލް މީޑިޔާގައި ހަލުވިކަމާއެކު ފެތުރެމުންދާ ވީޑިޔޯއިން ފެންނަނީ އެންމެ ފުރަތަމަ ޕޮލިސް ލައިން ފަޅާލައިފައި އަންނަ ދެކުޑަކުއްޖެއްގެ ގައިގައި މިމީހާ ފައިންޖަހާތަނެވެ. ދެން ފެންނަނީ ކުޑަކުއްޖެއް އުރައިގެން ދާމީހެއްގައިގަ ފައިއަޅުވައިލާ ވައްޓާލާތަނެވެ. މިވީޑިޔޯ އާންމުވުމާއެކެ މީނަ ވީޑިޔޯގްރަފަރ އެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އެން1ޓީވީ އިން ވަނީ މި އަންހެން މީހާ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ހަންގޭރީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި އަންހެންމީހާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް