ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލު ބަންދުން މިނިވަން ނުކޮށްފިނަމަ ދިވެހި ރާއްޖެއާ ދެކޮޅަށް ފިވަޔަޅު އަޅަން ބައިނަލްއަގްވާމީ މުޖްތަމައުގައި މަސައްކަތް ކުރާނެ ކަމަށް ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ބުނެ އެވެ.
އެ ޓީމުގައި ހިމެނޭ ޖެރަޑި ވިދާޅުވީ ނަޝީދު މިނިވަން ނުކޮށްފިނަމަ އެހެން ގައުމުތަކުގެ މީހުން ރާއްޖެ އަށް ދަތުރުކުރުން މަނާ ކުރުމަށާއި ދައުލަތުގެ އިސްވެރިންގެ މުދާ ހިފަހައްޓަން ބައިނަލްއަޤްވާމީ މުޖުތަމައުން ބާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އަމާލް ވިދާޅުވީ ރައީސް ނަޝީދު މިނިވަންކޮށްފައި ނޫނީ ޤާނޫނީ ޓީމުން މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ބައިނަލްއަގްވާމީ ހުރިހާ ފަންތިއެއްގައި ވެސް ރައީސް ނަޝީދު މިނިވަން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ނަޝީދު ޖަލަށް ލާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބައިނަލްއަގްވާމީ އެތައް ފަރާތަކުން މިހާރު ވެސް ބުނެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އާމާލް ވިދާޅުވީ ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްގެން ވެސް ރައީސް ނަޝީދު މިނިވަންކުރަން މަސައްކަތް ކުރައްވާނެކަމަށާއި، އަދި ރައީސް ނަޝީދު މިނިވަން ވަންދެން އެ މަސައްކަތުގައި ދެމިތިބޭނަނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް