ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ޚާރިޖީ ސިޔާސަތަކީ ދިވެހި ޤައުމުގެ އެންމެ މަތީ މަސްލަހަތު އިސްކޮށް އެކި ޤައުމުތަކާ ގުޅުން ބޭވުން ކަމަށް ހިތަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން ވިދާޅުވީ، ދިވެހި ރައްޔިތުންގެ މިނިވަންކަމާ، ސިޔާދަތީ ރަތް ރޮނގަށް ހުރަސް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް މި ސަރުކާރުން ނުދޭނެ ކަމަށެވެ. އަދި ކުރިން ވެރިކަން ކުރި ފަރާތްތަކުން ބުނަމުން އައީ ރާއްޖެއިން އިންޑިއާ ސިފައިން ބާލައިފިނަމަ އިންޑިއާ ރުޅި އަތުވެދާނެ ކަމަށާއި، ރާއްޖެއާ ގުޅުން ކަނޑާލާ، ހަނޑޫ،ހަކުރު، ފުށް ނުލިބިދާނެ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އިންޑިއާ ސިފައިން ވަނީ ބާލާފަ ކަމަށް އަޒާން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އަޒާން ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ގެއްލުންވާގޮތަށް ހުރި ބައެއް އެއްބަސްވުންތައް ބާތިލްކޮށް ދެން ހުރި އެއްބަސްވުން ތައް މުރާޖާއާ ކުރުމުގެ މަޝްވަރާތައްވެސް މިހާރުވަނީ ފަށާފައިކަމަށެވެ.
"އަވަށްޓެރި ގައުމުތަކާއި އަދި ދުރު ގައުމުތަކާއި އެކުވެސް ރާއްޖެއިން ގުޅުންތައް ދަމަހައްޓާނަން. އެކަމަކު އެކަން ކުރާނީ ރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތައް ވިއްކާނުލާ، ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ގައުމުގެ ސިފައިން ބައިތިއްބައިގެންނެއް ނޫން." އަޒާން ވިދާޅުވިއެވެ.
މީގެކުރިން އެކަން އެ މަގުން ގައުމު ހިނގީ ވެރިކަން ކުރަން ތިބި މީހުން ފުރުސަތު ދިނީމަ ކަމަށް ވެސް އަޒާން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް