މާލީ ކުންފުނިތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަންކުރެވޭ ގޮތަށް ގަވައިދަށް އިސްލާހު ގެނެސްފި

ބޭންކްތަކާއި އިންޝުއަރެންސް ޚިދުމަތްދޭ ކުންފުނިތަކާއި މާލީ ކުންފުނިތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަންކުރެވޭނެ ގޮތަށް ބޭންކްތަކާއި އިންޝުއަަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނ...

11 Aug 2024 | 09:04

ބޭންކްތަކާއި އިންޝުއަރެންސް ޚިދުމަތްދޭ ކުންފުނިތަކާއި މާލީ ކުންފުނިތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަންކުރެވޭނެ ގޮތަށް ބޭންކްތަކާއި އިންޝުއަަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނެންސް ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

މަރުކަޒީ ބެންކު އެމްއެމްއޭއިން އެ ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

މި އިސްލާހާ އެކު، ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފިޔަވައި އެހެން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ޚިދުމަތްދޭ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވޭނެއެވެ.

މީގެކުރިން،އެ ގަވާއިދުގައި ބަޔާންކުރާ ސިޔާސީ ބޭފުޅުންގެ އިތުރުން، ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއްގެ އެއްވެސް މަގާމަކަށް ރައީސް އައްޔަންކުރައްވާފައި ހުންނަވާ ބޭފުޅަކަށް ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ޚިދުމަތްދޭ ކުންފުނިތަކުގެ ބޯޑު މެންބަރުކަމެއް ނުކުރެއްވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް