އިސްލާމީ އުންމަތުގެ ވެރިން ބަސް ނުބުނާ ވަރަށް ފަލަސްތީނުގެ ޙައްގުގައި ރައީސް ޑރ މުުޢިއްޒު ބަސް ބުނުއްވާ: ހުސެންބެ

އިސްލާމީ އުންމަތައް ނިސްބަތް ވެލައްވާ އެއްވެސް ރައީސަކު ފަލަސްތީނުގެ ޙައްގުގައި ބަސް ނުބުނާ ވަރަށް ދިވެހިންގެ ރައީސް، ޑރ މުއިިއްޒު ބަސް ބުނުއްވާ ކަމަށް ހުޅުމާލެ އުތުރުދާއިރާގެ މެންބަރު ހުސެއިން ޝަރީފް...

11 Aug 2024 | 08:50

އިސްލާމީ އުންމަތައް ނިސްބަތް ވެލައްވާ އެއްވެސް ރައީސަކު ފަލަސްތީނުގެ ޙައްގުގައި ބަސް ނުބުނާ ވަރަށް ދިވެހިންގެ ރައީސް، ޑރ މުއިިއްޒު ބަސް ބުނުއްވާ ކަމަށް ހުޅުމާލެ އުތުރުދާއިރާގެ މެންބަރު ހުސެއިން ޝަރީފް (ހުސެންބެ) ވިދާޅުވެއްޖެއެވެ.

ހުސެންބެ މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

" ހައްދު ފަހަނާ އަޅާފައިވާ އަނިޔާވެރި ޔަހޫދީ ސަރުކާރާ ދެކޮޅަށް ބަސް ބުނުމުން ހާމަވެގެން ދަނީ ދިވެހިންގެ ރައީސް ހިތުގައި ފަލަސްތީން ލޮބުވެތި ރައްޔިތުންނާއި ދޭތެރޭ ވާ ހަމްދަރުދީއާއި ލޯބި." ހުސެންބެ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވަނީ، ފަލަސްތީނުގެ ޣައްޒާގެ ސުކޫލަކަށް އަމާޒުކޮށް އިއްޔެ ދިން ހަމަލާ ކުށްވެރިކުރައްވަވާފައެވެ.

ރައީސް ވިދާޅުވީ، އަލް ތާބިއީން ސްކޫލުގައި ބޯހިޔާވަހިކަން ހޯދަމުން އަންނަ39 ހާހެއްހާ މީހުންނަށް އަމާޒުކޮށް ދިން އެ ހަމަލާގައި އެތައް ކުޑަކުދިންނާއި އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާއިރު މިދޔަ އަހަރުގެ އޮކްޓޯބަރުމަހު ފެށި ހަމަލާތަކަށް އަދިވެސް ނިމުމެއްގެ ކޮޅުމަތި ނުފެންނަ ކަމަށެވެ.

އަދި ދެމުން އަންނަ އެ ހަމަލާތަކަކަީ އިންސާނީ ހައްގުތަކާއިބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމެއް އިޙްތިރާމްކުރުމެއް ނެތި ދެމުން އަންނަ ހަމަލާ ތަކެއް ކަމަށެވެ. އިސްރާއީލް އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި މުޅި ޣައްޒާގެ ރައްޔިތުުންގެ ހިމާޔަތުގައި މުޅި ދުނިޔެ ނިކުންނަ ޖެހޭ ކަމަށް ރައީސް ވަނީ ވިދާލުވެފައެވެ.

ރައީސްގެ މި ޕޯސްޓަށް ތައުރީފު ކުރައްވަމުން ހުސެންބެ ވިދާޅުވީ، ރައީސް އަކީ މުޅި އިސްލާމީ އުންމަތުގެ ވެރިންނަށް ހުރި ލާމަސީލު މިސާލެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް