ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މެޓުން ނެރެފައިވާ މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގައި ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ.
އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން މިއަދު އިލްތިމާސްކޮށްފައިވާއިރު މިދިޔަ ހުކުރު ދުވަހު މެޓުން ނެރެނު މޫސުމީ ޚާއްޞަ ބުލެޓިންއެއްގައި ބުނެފައިވާގޮތުގައި ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް