ފަލަސްޠީނުގެ ޣައްޒާގެ ސްކޫލަކަށް އަމާޒުކޮށް އިއްޔެ ދިން ހަމަލާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރި ކުރައްވައިފިއެވެ.
އެ ހަމަލާ ކުށްވެރި ކުރައްވައި ރައީސް ވިދާޅުވެފައިވަނީ އަލް-ތާބިޢީން ސްކޫލުގައި ބޯހިޔާވަހިކަން ހޯދަމުން އަންނަ 39 ހާހެއްހާ މީހުންނަށް އަމާޒުކޮށް ދިން އެ ހަމަލާގައި އެތައް ކުޑަކުދިންނާއި އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ފެށި ހަމަލާތަކަށް އަދިވެސް ނިމުމެއްގެ ކޮޅުމަތި ނުފެންނަ ކަމަށެވެ. އަދި ދެމުން އަންނަ އެ ހަމަލާތަކަކީ އިންސާނީ ހައްޤުތަކާއިބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލެނބުމެއް އިޚްތިރާމުކުރުމެއްނެތި ދެމުން އަންނަ ހަމަލާތަކެއް ކަމަށެވެ.
"އިސްރާއީލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ޣައްޒާ ރައްޔިތުންގެ ހިމާޔަތުގައި މުޅި ދުނިޔެ ނިކުންނަންޖެހޭ" ރައީސް ވިދާޅުވެފައިވެއެވެ.
އިއްޔެ އެ ސްކޫލަށް ދިން ހަމަލާގައި ޝަހީދުވި އަދަދު ވަނީ 100 އިން މައްޗަށް ގޮސްފައެވެ.
އެ ހަމަލާދިނީ އެ ސްކޫލުގައި ހަމާސް ޖަމާއަތަށް ނިސްބަތްވާ ބަޔަކު ފިލާތިބުމުން ކަމަށް އިސްރާއީލުން ބުނެފައިވާއިރު ޣައްޒާގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި އެ ސްކޫލަށް އަމާޒުކޮށް އިސްރާއީލުން ވަނީ ބާރުގަދަ ތިން ބޮމެއް ވައްޓާލާފައެވެ. އެއިން ކޮންމެ ބޮމެއްގެ ބަރުދަނުގައި 2000 ރާތާ ހުންނާނެކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް