ކައްދޫ އެއަރޕޯރޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

ލ. ކައްދޫ އެއަރޕޯރޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން  އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް  ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއި...

11 Aug 2023 | 09:42

ލ. ކައްދޫ އެއަރޕޯރޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން  އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް  ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި މި އެއަރޕޯޓަކީ މުޅި ހައްދުންމަތީގެ ތަރައްޤީއާއި ގުޅިފައިވާތަނެކެވެ. އެހެންކަމުން، ސޮއެކުރެވިގެން މިދިޔަ މަޝްރޫޢުގެ ދަށުން ކައްދޫއަށް ބިން އިތުރުވެގެން ދިޔުމާއެކު، މުސްތަޤުބަލުގައި ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ.

އަދި، އެކަމުގެ ސަބަބުން ހައްދުންމަތީގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކަކާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި ފަހި ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި، 56.40 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 4,433 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ 360.90 މިލިއަން ރުފިޔާއަށް 600 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫޢުއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް