ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތާއި ފެނަކަ އޮފީހާއި އެރަށު ސްކޫލުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް އިމާރާތް ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.
މި މަޝްރޫއުތަށް ރައީސް ހުޅުވައިދެއްވީ މިހާރު ގއ. އަތޮޅަށް ރިޔާސީ އިންތިހާބާއި ގުޅިގެން ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގެމަނަފުށްޓަށް ކުރެއްވި ދަތުރުފުޅުގައެވެ.
އަދި އެމަނިކުފާނު ވަނީ އެރަށުގެ ފެނުގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައި ފެނަކަ އޮފީސް ރަސްމީގޮތުން ހުޅުވައިދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް ހުޅުއްވައިދެއްވި ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
މި އިމާރާތުގައި އޮފީސްބައެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓް، ކޮންފަރެންސް ރޫމް، މެޑިކަލް ސްޓޯރ، ޖެނެރަލް ސްޓޯރ އަދި ގަރާޖާއި ލޯންޑްރީ ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރަށް، ގެމަނަފުށީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާއި ހަވާލުކޮށްގެންކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަދި އެ އޮފީހުން ބުނީ ރައީސް ހުޅުއްވައިދެއްވި ގެމަނަފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކަމަށާއި އެ ރަށުގެ އައު ފެނަކަ އޮފީހަކީ 30 މުވައްޒަފުންގެ ޖާގައިގެ އަދި ކުރިޔަށްވުރެ ގިނަ ވަޞީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ އޮފީސް އިމާރާތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް