ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާސޯލިހު، ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އޮފީސް ޢިމާރާތާއި ވޮލީކޯޓު ހުޅުއްވައިދެއްވައިފިއެވެ.
މިރަސްމިއްޔާތުތައް ބޭއްވީ، ހުވަދުއަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްފައި ވަނީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. އަދި އެމަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓްލިމިޓެޑާއި ޙަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
ރައީސް ހުޅުއްވައިދެއްވި ކަނޑުހުޅުދޫ، ފެނަކަ އާ އޮފީސް ޢިމާރާތަކީ، 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ.
ހަމައެފަދައިން ކަނޑުހުޅުދޫގެ އިންޖީނުގެ މީހުން އުޅޭ ސަރަހައްދާއި ދުރުގައި ބިނާކޮށްފައި ވާއިރު، ފެނަކަ އައު އޮފީސް ޢިމާރާތްކޮށްފައި ވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް ރައީށް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރަށް، ރައީސް ވަނީ ކަނޑުހުޅުދޫގައި ކޯޓުވެސް ހުޅުއްވައިދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް