ބޭނުންވާ ތަކެތި
* 6 ވައް ދޮންކެޔޮ (1 އިންޗިއަށް ބުރި ކޮށްފައި ކެޔޮ ބުރިތަކުގެ ތަންތަންކޮޅަށް ކުޑަކޮށް އޫހަރާފައި)
* 1 ޖޯޑު ކޯންފްލާރ
* 2 ޖޯޑު ބައި ދިޔާ މިލްކް
* 1 ޖޯޑު މާމުއި
* 3 ބިސް ގިރާފައި
* 1 ސައި ސަމުސާ ބައި ވެނީލާ އެސެންސް
* ތެޔޮ
ތައްޔާރު ކުރާނެ ގޮތް
ކޯންފްލާރކޮޅު ކިރުގައި ގިރާފައި ބިހާއި ބައި ޖޯޑު މާމުއި އަދި އެސެންސް އެއްކޮށް ފައި ރަނގަޅަށް ގިރާލާށެވެ.
ދޮންކެޔޮ ބުރިތައް ގިރާފައި ހުރި ބައިގެ ތެރެއަށް ލާށެވެ
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ތެޔޮ އަޅާފައި ކެކުމުން ދޮންކެޔޮ ބުރިތައް މަޑު މުށިކުލަ އަރާވަރަށް ތެލުލާފައި ބަހައްޓާށެވެ.
ސާރވް ކުރަންވީމާ ކެޔޮބުރިތައް ތަށްޓެއް ގައި އަތުރާފައި ބާކީހުރި މާމުއި މައްޗަށް ބުރުވާލާށެވެ.
ރެސިޕީ: ޖުވޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް