ވެރިކަން ލިބިވަޑައިގެންފިނމަ މި ސަރުކާރުން ނެރެފައިވާ ލިސްޓާ އެއްގޮތަށް ގޯއްޗާއި ފްލެޓް ހޯދައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވެރިކަމަށް ކުރިމަތިލެއްވި، ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިސްޒު މިހެން ވިދާޅުވީ، އިންތިހާބަށް އެމަނިކުފާނުގެ ޖަގަހަ ހުޅުވުމަށްޓަކައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އެ ކޯލިޝަންގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުން މަހުރޫމުވެފައިވާ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ވައުދުވާނީ އެކަން ކުރާނެ ޕްލޭނާއި ފައިސާހުރެ، އެ މަސައްކަތް ކުރާނެ ޓެކްނިކަލް ކަންތައްތައް އެނގި، ޕްލޭން ކުރެވިގެން ކަމަށެވެ.
އޭގެ އިތުރުން މާލެ ސަހަރައްދުގައި ހިންގުމަށް ވިސްނަވާފައިހުރި ބައެއް މަޝްރޫއުތައް ހިއްސާ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ފުށިދިއްގަރު ފަޅު ހިއްކުމަށްފަހު، ހާއްސަ މާސްޓަރ ޕްލޭނެއްގެ ދަށުން އެތަން ތަރައްގީ ކުރައްވާނެ ކަމަށެވެ.
އަދި އެތަނުގައި 1600 އަކަފޫޓުގެ 1100 ގޯއްޗާއި 1400 އަކަފޫޓުގެ 20000 ފްލެޓް ތަރައްގީ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ރިޔާސީ މެނިފެސްޓޯ ވަރަށް އަވަހަށް އާއްމު ކުރައްވާނެކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، މެނިފެސްޓޯ އާއްމު ކުރައްވާއިރު ބޯހިޔާވަހިކަމުގެ ޕްލޭން އިތުރަށް ތަފްސީލު ކޮށްދެއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް