އިންތިހާބާ ގުޅިގެން އޭސީސީން ހުޅުވާލި ޓިކްޓޮކް މުބާރާތަށް ބާކީ ހަތަރު ދުވަސް

މި އަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުޅުވާލި ޓިކްޓޮކް މުބާރާތުގައި ބައިވެރިވުމަށް ބާކީ އޮތީ ހަތަރު ދުވަސް ކަމަށް އ...

11 Aug 2023 | 06:41

މި އަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުޅުވާލި ޓިކްޓޮކް މުބާރާތުގައި ބައިވެރިވުމަށް ބާކީ އޮތީ ހަތަރު ދުވަސް ކަމަށް އޭސީސީން ބުނެފިއެވެ.

"ތިބާގެ ވޯޓު - ތިބާގެ މުސްތަޤުބަލު" ޓިކްޓޮކް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

https://twitter.com/ACC_Maldives/status/1689618208943431680

މި މުބާރާތުގެ މަގުސަދަކީ، އިންތިހާބީ ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ނަޒާހާތްތެރި ޖީލެއް ބިނާ ކުރުމަށް މުޖުތަމައުގެ ބައިވެރިވުން ހޯދުން ކަމަށް އޭސީސީން ބުންޏެވެ.

މި މުބާރާތުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 10،000 ރުފިޔާއެވެ. ދެވަނަ އިނާމަކަށް 7000 ރުފިޔާ ހުށަހަޅާފައި ވާއިރު، ތިންވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 5000 ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް