ސައޫދީ އަރަބިއްޔާގައި މިލިޔަނަކަށްވުރެ މަނާ ބޭސް ގުޅަ ގެންގުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ސައޫދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އުރުދުން އަށް ނިސްބަތްވާ މީހަކާއި ސޫރިޔާއަށް ނިސްބަތްވާ މީހެކެވެ. މި ދެމީހުން އަތުން ހޯދާފައިވަނީ ސައޫދީގައި މަނާ ބޭހެއް ކަމުގައިވާ އެމްފެޓަމިން ގުޅަތަކެކެވެ. ހޯދި ބޭސްގުޅަތަކުގެ އަދަދު 1.3 މިލިޔަނަށްވުރެ ގިނަކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެ ދެމީހުން އެ ބޭސްތައް ފޮރުވައިގެން ގެންގުޅުނީ އިލެކްޓްރިކަލް މެޝިންތަކެއްގެ ތެރޭގައެވެ. އެތަކެތި އަތުލައިގަނެ ދެމީހުންގެ ތަހުގީގު މިހާރު ފަށާފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެމްފެޓަމިން ބޭހަކީ ޕާޓީ ޑްރަގްސް އާއި ދާދި އެއްގޮތް އެ ބޭހަކަށް ވަރަށް ބޮޑަށް ދެވި ހިފާ ބޭސްގުޅައެކެވެ. މި ބޭސްގުޅަތަކަކީ މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތަކަށް ހުޅުވޭ ދޮރެއްގެ ގޮތުގައި ސިފަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް