ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާހެގޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވައިޓް އެލަރޓް ނެރެފައި ވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ނިޔ...

11 Aug 2023 | 06:21

ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާހެގޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވައިޓް އެލަރޓް ނެރެފައި ވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ނިޔަލަށެވެ. މެޓުން ވަނީ މިއަދު މެންދުރު 1:00 ގެ ނިޔަލަށް މި އެލާޓް ނެރެފައެވެ.

އެހެންކަމުން  އެ ވަގުތުތަކު އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ވަލީ ލަފާކޮށްފައެވެ.

އިއްޔެވެސް ރާއްޖޭގެ އެކި ހިސާބުތަކަށް  ވިއްސާރަ ކުރިއެވެ.

އެގޮތުން އިއްޔެވެސް ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލައިލާއިރު އެންމެ ދެކުނުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށް މެޓުން ބުނެއެވެ. އަދި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް