ރައީސް ނަޝީދާއެކު މަސައްކަތް ކުރުމާއިމެދު ގޮތެއް ނިންމާނީ ޕީޕީއެމް ސެނެޓުން: ރައީސް ޔާމީން

ރައީސް ނަޝީދާއެކި މަސައްކަތް ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ޕީޕީއެމްގެ ސެނެޓުންކަމުގައި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ވެރިކަމުން ފައިބައިވަޑައިގެންނެވުމަށްފަހ...

11 Aug 2022 | 18:03

ރައީސް ނަޝީދާއެކި މަސައްކަތް ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ޕީޕީއެމްގެ ސެނެޓުންކަމުގައި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަމުން ފައިބައިވަޑައިގެންނެވުމަށްފަހު، ރަސްމީ ސިފައެއްގައި ނޫސްވެރިންނާ ފުރަތަމަފަހަރަށް ބައްދަލުކުރައްވާ ވާހަކަފުޅޫ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސެނެޓްގެ ގިނަ ބޭފުޅުން ވެސް ރައީސް ނަޝީދު ގަބޫލުކުރައްވާ އުސޫލުތައް ގަބޫލު ކުރާނެކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީގައި އޮންނަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި މިޒާތުގެ ހައްގުތަކާއި ގުޅޭގޮތުން އެއްގަލަކަށް އެރިދާނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވާ ޑިމޮކްރަސީގެ ލިބަރަލް ސިފަތަކާއި ގުޅުންހުރި މިނިވަންކަމުގެ ސިފަތަކަކީ އެމަނިކުފާނަށް ގަބޫލު ކުރެވޭ ސިފަތަނެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާލުވެފައެވެ.

"ރައީސް ނަޝީދުއާއި އެއްބަސްވެވޭ ކަމަކަށް އޮތީ ރާއްޖޭގައި އޮންނަން ޖެހޭނީ ބަރުލަމާނީ ނިޒާމެއް ކަމަށް ގަބޫލުކުރުން އެކަނި." ރައީސް ޔާމިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް