އަންނަ ރިޔާސީ އިންތިހާބު ކާޟިޔާބު ކުރަން އެހެން ޕާޓީ އަކާއި އެކު ކޯލިޝަން ނުހަދާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.
އެ ޕާތީގެ ކޮންގްރެސް އަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ، ވެރިކަން ހޯދުމަށްޓަކައި އެމްޑީއޭ އިން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދާނެ ކަމަށެވެ. އަދި ކޯލިޝަނަކާ ނުލައި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވިގޮތުގައި، އެމްޑީއޭ އިން ކަންކަން ކޮށްދީފައިވާކަން ދިވެހިން ދަންނާނެ އެވެ. އަދި ދިވެހިންނަށް އެ ޕާޓީން ހޭދަކުރާ ފައިސާގެ އަދަދު ވެސް ދަންނާނެ ކަމަށް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ އެމްޑީއޭގެ ފަސް ބައި ސާފުވާނެ ކަމަށާއި އަދި އެކަން ދިވެހި ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި އެމްޑީއޭއިން ކުރާ މަސައްކަތް ހުދު ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށެެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅިގެން ސުވާލުކުރުމުން ސިޔާމް ވިދާޅުވީ މިހާރު އޮތީ ވެރިކަން ކުރަން ރަނގަޅު ނިޒާމެއް ކަމަށެެވެ. އަދި ޗެކް އެންޑް ބެލެންސްކޮށް ވެރިކަން ކުރެވޭނީ ވެސް ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ރައީސްކަމަށް ކުރިމަތިލައްވާއިރު ރަނިން މޭޓެއްގެ ގޮތުގައި ނިކުންނަވާނެ ބޭފުޅެއް ނިންމާނީ އެމްޑީއޭގެ ކޮންގްރެސްއިން ކަމަށެވެ. މިވަގުތުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޕާޓީއަށް50،000 މެމްބަރުން އިތުރު ކުރުން ކަމަށާއި އެކަން ވާނެ ކަމަށް ވިދާޅުވި އެވެލ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް