އެފްވައިއެފްސީ 2022 - ލެކްރޯސް އާއި ކިއުއެމް ސްޕޯޓްސް އެކަޑަމީއަށް މޮޅެއް

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބް (އެފްއެމްއެސްސީ) އިންތިޒާމުކޮށްގެން ފޮނަދޫގައި މިހާރުު ކުރިޔަށް ގެންދ ފޮނދޫ ޔޫތް ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން ލެކްރޯސް އެސްސީ އާއި ކިއުއ...

11 Aug 2022 | 15:14

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބް (އެފްއެމްއެސްސީ) އިންތިޒާމުކޮށްގެން ފޮނަދޫގައި މިހާރުު ކުރިޔަށް ގެންދ ފޮނދޫ ޔޫތް ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން ލެކްރޯސް އެސްސީ އާއި ކިއުއެމް ސްޕޯޓްސް އެކަޑަމީ މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ފޮނަދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ގޯޅި ޔޫތް އެކްސް އާއި ކިއުއެމް ސްޕޯޓްސް އެކަޑަމީއެވެ. މިއީ ގުރޫޕު އޭގެ ދެވަނަ މެވެވެ. މި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކިއުއެމް ސްޕޯޓްސް އެކަޑަމީންނެވެ.

ކިއުއެމް ސްޕޯޓްސް އެކަޑަމީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ކިއުއެމް އިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މާޒިން އަހުމަދު ވަރަށް ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރި މި ލަނޑާއި އެކު މެޗުގެ ލީޑު ކިއުއެމް އިން ނެގިއިރު، އެޓީމުގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ މިނެޓުގެ ތެރޭގައި ކާމިޔާ ބޮށް ލީޑު ފުޅާކޮށްދިނީ އަފާޒު އެވެ. އަދި ކިއުއެމްގެ ތިންވަނަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަދުހަމް (އައްޑޯ) އެވެ. މި މެޗުގައި ފެނިގެން ދިޔަ ގޯޅި ޔޫތުގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ މެޗުގެ ފަހު ހާފުގެ 15 ވަނަ މިނެޓުގައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކިއުއެމް ސްޕޯޓްސް އެކަޑަމީގެ މާޒިން އަހުމަދެވެ.

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ލެކްރޯސް އެސްސީއާއި ޔުނައިޓެޑު ކުރިގަމް ބައްދަލުކުރި އިރު، މި މެޗު 1-8 ގެ ނަތީޖާއިން ކާމިޔާބު ކުރީ ލެކްރޯސް އެސްސީންނެވެ.

މެޗުފެށިގެން ގިނަ އިރުތަކެއް ނުވެ ޔުނައިޓެޑު ކުރިގަމުން މެޗުގެ ލީޑު ނެގިއިރު، އެޓީމަށް ލީޑުނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ އިތޯފްއެވެ. އިތޯފުގެ ލަނޑުން ޔުނައިޓެޑު ކުރިގަމް ލީޑު ނެގި ނަމަވެސް މެޗުގެ ތިން ވަނަ މިނެޓުގައި އަޙުމަދު ހަލީމް (އަންމަޑޭ) ވަނީ ލަނޑެއް ކާމިޔާބު ކޮށް ލެކްރޯސްއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދީފައެވެ. އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 10 ވަނަ މިނެޓުގެ ތެރޭގައެވެ. ލެކްރޯސް އިން ލީޑު ނެގި މި ލަނޑުވެސް ޖަހައިދިނީ އަންމަޑޭއެވެ.

ލެކްރޯސް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހު ހާފުގައި ފެނިގެން ދިޔަ ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބު ކުރީ އަންމަޑޭއެވެ. މި މެޗުގައި އޭނާ ވަނީ ޖުމުލަ ހަޔް ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ މެޗުގައި ހަތް ލަނޑު ޖަހައިދިން އަޙުމަދު ހަލީމް (އަންމަޑޭ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް