އުރީދޫ މޯލްޑިވްސް އަޕްގްރޭޑް ކޮށްފައިވާ ކްލަބް ޕްރިމިއަރ ލައުންޖް ރަސްމީކޮށް ހުޅުވައިފި

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ޚާއްސަކުރެވިފައިވާ ކްލަބް ޕްރިމިއާ ލައުންޖު، އަޕްގްރޭޑްކޮށް ރަސްމީގޮތުން މިއަދު ހުޅުވައިފިއެވެ. އުރީދޫއިން ކްލަބް ޕްރިމިއާ ޕްރޮގްރާމް ތައާރަފ...

11 Aug 2022 | 11:39

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ޚާއްސަކުރެވިފައިވާ ކްލަބް ޕްރިމިއާ ލައުންޖު، އަޕްގްރޭޑްކޮށް ރަސްމީގޮތުން މިއަދު ހުޅުވައިފިއެވެ.

އުރީދޫއިން ކްލަބް ޕްރިމިއާ ޕްރޮގްރާމް ތައާރަފް ކުރެވުނީއްސުރެ، އެކުންފުނިންދަނީ ޕްރިމިއަރ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެެވެ.

ކްލަބް ޕްރިމިއަރ ލައުންޖަށް މި ގެނެވުނު އަޕްގްރޭޑާއެކު، އުރީދޫގެ ޕްރީމިއަރ ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއްގައި، އެ ކަސްޓަމަރެއްގެ ބޭނުންތަކާއި އެއްގޮތައް ޙާއްސަކޮށް ފަރުމާކުރެވިފައިވާ ޙިދުމަތްތަކާއެކު ހިތްހަމަޖެހޭ ޙިދުމަތުގެ ތަޖުރިބާއެއް ލިބިގެންދާނެއެވެ.

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއަރ ލައުންޖުން އިތުރު ތަޖުރިބާތަކެއް ކުރެވިގެންދާނެއެވެ. މިގޮތުން، ސްމާޓް އެކްސެސް މެދުވެރިކޮށް، މެމްބަރޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވަޑައި ގަނެވޭނެއެވެ. ލައުންޖަށް ވެންނެވުމާއިއެކު، ވަރަށް ހިތްގައިމު މާހައުލެއްގައި، އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެއެވެ.

ހަމައެއާއި އެކު، ޑިޖިޓަލް ފޯމުތައް މެދުވެރިކޮށް، އުރީދޫގެ ކޮންމެ ޚިދުމަތެއްވެސް ފަސޭހަކަމާއި އެކު ޚިޔާރު ކުރެއްވޭނެއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ ވިދާޅުވީ އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޙާއްސަ ލައުންޖް އަޕްގްރޭޑްކޮށް ރަސްމީކޮށް ހުޅުވުމުން އުރީދޫ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. އަދި މި ލައުންޖުގެ ހިތްގައިމު މާހައުލާއި އަދި ޚިދުމަތްތަކުގެ ސަބަބުން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންގެ ތަޖުރިބާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ޔަގީން ކަމަށެވެ.

މީގެ އިތުރުން މި އުފާވެރި މުނާސަބަތު ފާހަގަކުރަމުންދާއިރު، އުރީދޫގެ އާ ކެމްޕޭން "އަޕްގްރޭޑް ޔޯ ވޯލްޑް" އަކީ، އުރީދޫއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ އީޖާދީ ޚިދުމަތްތަކާއި، ރާއްޖެއަށް ގެނެސްދޭ ޓެކްނޮލޮޖީއާއި، މި ބްރޭންޑާއެކު ކަސްޓަމަރުންނަށް ލިބިފައިވާ ތަޖުރިބާތައް، މެދުކެނޑުމެއްނެތި އަޕްގްރޭޑް ކުރުމަށް ޓީމުން ކުރަމުންދާ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކެމްޕެއިނެއް ކަމަށް ވެސް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ވިދާޅުވީ އާ ބްރޭންޑް ކެމްޕޭން، "އަޕްގްރޭޑް ޔޯ ވޯލްޑް" އިން ރަމްޒުކޮށްދެނީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުންފުނިން ޚާއްސަ އަހައްމިއްޔަތުކަން ދޭ ކަމަށެވެ.

"މި ވައުދާ އެއްގޮތަށް، އަޅުގަނޑުމެންގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އަޕްގްރޭޑް ކޮށްފައިވާ ކްލަބް ޕްރިމިއަރ ލައުންޖް ރަސްމީކޮށް ހުޅުވާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންގެ ތަޖުރިބާ އަށް އިންޤިލާބީ ބަދަލެއް ގެނެސް، އަޅުގަނޑުމެންގެ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން. އަޅުގަނޑުމެންގެ ކަސްޓަމަރ އެކްސްޕީރިއަންސް އިތުރު ހަރުފަތަކަށް ގެންދިއުމުގެ އަޅުގަނޑުމެންގެ ޓީމުން އޮތީ ވަރުގަދަ އަޒުމެއްގައި." އޭނާ ވިދާޅުވިއެވެ.

ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނަރވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ނަދާ ސެލޫން އެންޑް އެއިސްތެޓިކްސް، ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން %20އާއި ހަމައަށް ޑިސްކައުންޓް ލިބެއެވެ.

މީގެ އިތުރުން، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއަރޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރައޯރިޓީ ޕާސް ގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ. ޕްރައޯރިޓީ ޕާސް މެމްބަރޝިޕްއާއި އެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާއެކުވެސް މި ލައުންޖްތަކުން ޚިދުމަތް ހޯދޭނެއެވެ.

ހ.މާދޫގައި ހުޅުވިފައިވާ އުރީދޫ ކްލަބް ޕްރިމިއާ ލައުންޖުން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު ނުވަގަޑި ސުންމިނިޓުން ފެށިގެން، ރޭގަނޑު ދިހައެއްގެ ނިޔަލަށް ޚިދުމަތް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް