ޕޯސްޓް މޯޓަމް ހެދުމަށް ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފިއެވެ.
ހ. ޝީރީން ވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓުގެ ތެރޭގައި ޝިއާއު، މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޝިއާއު ގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، އެ އެޕާޓްމަންޓުގެ ކޮޓަރިއެއްގައި ދިރިއުޅޭ އަލީ ޝާހިލްއެވެ. އަދި ޝާހިލް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް