ނިޕޯން ޕެއިންޓުގެ އައު ވައްތަރެއް އެސްޓީއޯ އިން ތައާރަފް ކޮށްފި

ނިޕޯން ޕެއިންޓުގެ އާ ވައްތަރެއް މިއަދު ތައާރަފުކޮށްފިއެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތައާރަފުކުރީ "ނިޕޯން މެޓެކްސް" ޕެއިންޓުގެ ހަތް ލީޓަރުގެ ދަޅާއި ނިޕޯން ޕެއިންޓުގެ ...

11 Aug 2022 | 10:09

ނިޕޯން ޕެއިންޓުގެ އާ ވައްތަރެއް މިއަދު ތައާރަފުކޮށްފިއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތައާރަފުކުރީ "ނިޕޯން މެޓެކްސް" ޕެއިންޓުގެ ހަތް ލީޓަރުގެ ދަޅާއި ނިޕޯން ޕެއިންޓުގެ “މެޓެކްސް” އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވީ މި ޕްރޮޑަކްޓުގެ ސަބަބުން އެސްޓީއޯގެ ކަސްޓަމަރުންނަށް ބޭނުންވާ ކުލަތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ކުޑަވެގެންދާނެ ކަމަށެވެ.

މި ކުލައަކީ، މިހާރު މާކެޓުގައި ހުރި ކުލަތަކަށްވުރެ، އަގުހެޔޮ ކުލައެއްކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ ނިޕޯންގެ "މެޓެކްސް" ޕެއިންޓަކީ އެތެރެއާއި ބޭރުގައި ވެސް ބޭނުން ކުރެވިދާނެ ކުލަތަކެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ރަނގަޅު ބަދަލެއް މި ކުލަތަކުގެ އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެމްޑީ އަމްރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް