ދިވެހިންގެ ރާއްޖެއަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރާ ޕާޓީއަކީ ޕީޕީއެމް: ރައީސް ޔާމީން

ޕީޕީއެމް އަކީ ދިވެހިންގެ ރާއްޖެއަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ތ. ގާދިއްފުށީ ކައުންސިލްގެ ހުސްވެފައިވާ އަންހެ...

11 Aug 2022 | 09:39

ޕީޕީއެމް އަކީ ދިވެހިންގެ ރާއްޖެއަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ތ. ގާދިއްފުށީ ކައުންސިލްގެ ހުސްވެފައިވާ އަންހެނުންގެ ހާއްސަ ގޮނޑިއަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލް ހާދީ އަށް ވޯޓުދިނުމަށް އެދިވަޑައިގެން ޔާމީން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ ހަމައެކަނި ވަތަނީ ފިކުރެއްގައި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ޕާޓީއަކީ ވެސް ޕީޕީއެމް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރަށްރަށުގެ ފެންވަރުގައި ސިޔާސީ ނުފޫޒު ހިންގޭ ރަސްމީ މަގާމުތަކުގައި ތިބޭ ފަރާތްތަކަކީ ގައުމުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރެވޭނެ ފަރާތްތަކެއް ކަމަށެވެ. އަދި އެފަރާތްތަކަކީ ޕީޕީއެމްގެ ފިކުރުގެ ބައެއް ނަމަ، ގައުމު އިސްލާހުކުރަން ޕީޕީއެމުން ކުރާ މަސައްކަތްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގާދިއްފުށި ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބައި އިލެކްޝަން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މ. ދިއްގަރު ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ވެސް އެދުވަހި އޮންނާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް