އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވެ ލިބުނު ދަރިފުޅު، 13 އަހަރު ފަހުން މަންމައަށް އިންސާފު ހޯދައިދެނީ

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަޑޭޝްގައި ރޭޕްގެ ޝިކާރައަކަށްވެ ލިބުނު ދަރިފުޅު ބޮޑުވެގެން މަންމައަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތް ފަށައިފި އެވެ. އެ އަންހެން މީހާގެ އުމުރުން12 އަހަރުގަ...

11 Aug 2022 | 09:29

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަޑޭޝްގައި ރޭޕްގެ ޝިކާރައަކަށްވެ ލިބުނު ދަރިފުޅު ބޮޑުވެގެން މަންމައަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތް ފަށައިފި އެވެ.

އެ އަންހެން މީހާގެ އުމުރުން12 އަހަރުގައި ދެ ފިރިހެނަކު ވަނީ ހަ މަސް ވަންދެން އެ އަންހެން މީހާ ރޭޕް ކޮށްފަ އެވެ. އެ ދެ ފިރިހެނުންނަކީ އަންހެން މީހާ އާއި އާއިލީ ގުޅުން އޮންނަ ދެމީހުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަންހެން މީހާ ބަލިވެ އިނދެ ވިހޭ ފިރިހެން ކުއްޖާ ބަލަމުން ދިޔައީ އޭނާގެ ބެލެނިވެރިކަމާއި ހަވާލުވެގެން އެހެން އާއިލާއަކުންނެވެ. އެ ކުއްޖާއަށް މިހާރު13 އަހަރެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އެ ކުއްޖާ ވަނީ އެނބުރި މަންމަ ކައިރިއަށް ގޮސް އިންސާފު ހޯދަން މަސައްކަތް ކުރުމަށް ބާރު އަޅާފަ އެވެ. އަދި ދެމައިން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.

މި މައްސަލައިގަ ހިމެނޭ އެކަކު މީގެ 10 ދުވަސް ކުރިން ފުލުހުން ހައްޔަރު ކޮށްފައިވާއިރު ދެ ވަނަ މީހާވެސް އިއްޔެ ހައްޔަރުކޮށްފައިވެ އެވެ.

އަންހެން މީހާ މީޑިއާގައި ބުނީ ހާދިސާއަށް އެތައް އަހަރެއް ވީ ނަމަވެސް އަދިވެސް އެ މަންޒަރުތައް އޭނާއަށް ސިފަވާ ކަމަށާއި އެފަދަ ވަގުތަކުގައި ބިރު ގަނެ ގޮތް ހުސްވާ ކަމަށެވެ.

އެ ފިރިހެން ކުއްޖާ ބުނީ މަންމައަށް އިންސާފު ހޯދައި ދިނުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ތަފާސް ހިސާބު ދައްކާގޮތުން އިންޑިއާގައި ކޮންމެ އަހަރަކު އެތައް ހާސް ކުދިންނެއް ރޭޕްގެ ޝިކާރައަކަށްވެ އެވެ. އެންމެ ފަހުގެ ތަފާސް ހިސާޞު ދައްކާގޮތުން2020 ވަނަ އަހަރު އެކަނިވެސް47،000 ކުޑަކުދިން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ރޭޕް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް