ހަންޏާމީދޫ ބަނދަރުގެ ރޭމްޕް ހެދުމުގެ މަސައްކަތް ފުރިހަމަކޮށްފި

އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރޭމްޕް ހެދުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ހާބަރ ބްރިޖް ހެދުމުގެ މ...

11 Aug 2022 | 07:31

އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރޭމްޕް ހެދުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ހާބަރ ބްރިޖް ހެދުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލާ، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގު ބައްތި ހަރުކުރުމާއި، 1,330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.

މިއީ 32.5 މިލއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް