އެފްވައިއެފްސީ 2022 - މިއަދާއި މިރޭވެސް ފޯރިގަދަ މެޗުތަކެއް

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބް (އެފްއެމްއެސްސީ) އިންތިޒާމުކޮށްގެން ފޮނަދޫގައި ބާއްވާ ފޮނދޫ ޔޫތް ފުޓްސަލް ޗެލެންޖް ރޭ ފެށިފައިވާއިރު، މިއަދާއި މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅޭނެއ...

11 Aug 2022 | 07:12

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބް (އެފްއެމްއެސްސީ) އިންތިޒާމުކޮށްގެން ފޮނަދޫގައި ބާއްވާ ފޮނދޫ ޔޫތް ފުޓްސަލް ޗެލެންޖް ރޭ ފެށިފައިވާއިރު، މިއަދާއި މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ.

ކުލަގަދަ ރަސްމިއްޔާތަކާއި އެކު މުބާރާތުގެ ކުޅުން ރޭ ފެށިފައިވާއިރު، ރޭގައި މި މުބާރާތުގެ ދެ މެޗެއް ކުޅެފައެވެ. އެއީ ގުރޫޕު އޭގެ މެޗަކާއި ގުރޫޕު ބީގެ މެޗެކެވެ.

މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ގިނަ މެޗުތަކެއް މިއަދާއި މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވާއިރު، މިއަދު ހަވީރު 4:00 ގައި ކުޅޭނޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕު އޭގައި ހިމެނޭ ގޯޅި ޔޫތް އެކްސް އާއި ކިއުއެމް އެކަޑަމީއެވެ. އަދި މިއަދު ހަވީރު 5:00 ގައި ގުރޫޕު ސީގެ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، މި މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ކުރިގަމް އާއި މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ ލެކްރޯސް އެސްސީއެވެ.

މ މުބާރާތުގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، މިރޭ 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕު ޑީގައި ހިމެނޭ ކަންމަތި އެފްސީ އާއި އައުޓްރީފް އެފްސީއެވެ. މިރޭ 9:30 ގައި ކުޅޭ ގުރޫޕު ސީގެ މެޗުގައި ބައްދަލުކުރާނީ މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ އާއި އަުޓްރީފް އެސްސީއެވެ. އަދި މިރޭ 10:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕު ޑީގައި ހިމެނޭ ފިލިއޮސް އެފްސީ އާއި ނެވަ ގިވައަޕް އެސްސީއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 15000 ރުފިޔާ ދޭގޮތަށް ވަނީ ނިންމައިފަ އެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕާސްކަލް މޯލްޑިވްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި، ޝަބުނަމީ ހޯލްޑިންގް، ސިބްކޯ މޯލްޑްިވްސް، ކޮކާ ކޯލާ މޯލްޑިވްސްގެ އިތުރުން ލާމު ފޮނަދޫ ކައުންސިލް ހިމެނެއެވެ. މުބާރާތުގެ ލައިވް ޕާޓްނަރ އަކީ “ލީޕް ކާސްޓް” އެވެ. އަދި މުބާރާތުގެ އޮފިޝިއަލް މީޑިއާ ޕާޓްނަރ އަކީ “ދުވަސް” އެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރ އަކީ ސާލިހާ ސްޓޫޑިއޯއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގެވެ. އަދި ބެވަރެޖް ޕާޓްނަރ އަކީ ފޮނަދޫ “ބީޗް ސްޕޮޓް” އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިމަހުގެ 16 ވަނަ ދުވަހު ކުޅުމަށް ހަނަޖެހިފައިވާއިރު، ސެމީ ފައިނަލްގެ މެޗުތައް ކުޅެން ހަމަ ޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭގައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަަހުގެ 19 ވަނަ ދުވަހުގެ ރޭ ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް