ސައުދީގައި ފުރަތަމަ ފަހަރަށް ބާއްވާ އަންހެން ސްކައުޓް ކޭމްޕު ފަށައިފި

ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް އަންހެން ދަރިވަރުން ބައިވެރިވާ ސްކައުޓް ކޭމްޕެއް ފަށައިފި އެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިންތިޒާމް ކުރި މި ކޭމްޕު ކުރިޔަށް ދަނީ އެ ގައުމުގެ ހ...

11 Aug 2022 | 06:18

ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް އަންހެން ދަރިވަރުން ބައިވެރިވާ ސްކައުޓް ކޭމްޕެއް ފަށައިފި އެވެ.

އެ ގައުމުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިންތިޒާމް ކުރި މި ކޭމްޕު ކުރިޔަށް ދަނީ އެ ގައުމުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އަލް ބަހާހް ގައި އެވެ. މި ކޭމްޕުގައި100 އެއްހާ ކުދިން ބައިވެރިވި އެވެ.

މި ދަރިވަރުންނަކީ ސައުދީގެ އެކި ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މި ކޭމްޕަށް ހޮވި ސްކައުޓް އަންހެން ކުދިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިފަދަ ކޭމްޕެއް އަންހެން ކުދިންނަށް އަމާޒުކޮށްގެން ބޭނުމަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖީލެއް އުފައްދައި، ހަރަކާތްތެރި އަންހެން ދަރިވަރުންތަކެއް ބިނާ ކުރުމުގެ އިތުރުން އެ ކުދިންގެ ހުރަނު ގައުމީ ފެންވަރެއްގައި ބަލައިގަތުމަށް ބާރު އެޅުން ކަމަށެވެ.

ދުނިޔޭގެ ސްކައުޓް ހަރަކާތުގައި ސައުދީ ބައިވެރިވީ1963 ވަނަ އަހަރު އެވެ. މިހާތަނަށް އެ ގައުމުގައި ކުރިޔަށް ގެންދިޔައީ ހަމައެކަނި ފިރިހެން ސްކައުޓުންގެ ހަރަކާތެވެ. އަންހެން ކުދިންނަށް ހާއްސަކޮށް ސްކައުޓް ހަރަކާތް ފެށީ މިއަހަރުގެ ޖޫން މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް