މަލައިކާއާ ކައިވެނިކޮށްފި ނަމަ އުފާވެރިކަން ގެއްލޭނެ: އަރްޖުން

ބޮލީވުޑްގައި އެންމެ ގިނަ ބައެއްގެ މަލާމާތް ރައްދުވާ ޖޯޑަކީ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާ އެވެ. ސަބަބަކީ އަރްޖުންއަށްވުރެެ އެތައް އަހަރެއް މަލައިކާ ދޮށީ ވުމެވެ. އަރްޖުން އަދި އަލަށްވެސް ކައިވެންޏެއ...

11 Aug 2022 | 03:48

ބޮލީވުޑްގައި އެންމެ ގިނަ ބައެއްގެ މަލާމާތް ރައްދުވާ ޖޯޑަކީ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާ އެވެ.

ސަބަބަކީ އަރްޖުންއަށްވުރެެ އެތައް އަހަރެއް މަލައިކާ ދޮށީ ވުމެވެ. އަރްޖުން އަދި އަލަށްވެސް ކައިވެންޏެއް ނުކުރާއިރު މަލައިކާގެ18 އަހަރުވެފައިވާ ދަރިއަކު ހުރުމެވެ.

މީހުން ކިޔާ އެއްޗިއްސަށް ފަރުވާލެއް ނުބަހައްޓައި ދެމީހުންގެ ގުޅުން ކުރިޔަށް ގެންދިޔަޔަސް މަލައިކާ އާއި ކައިވެނި ކުރުމުގެ ވިސްނުން އަރްޖުންއެއް ނުގެންގުޅެ އެވެ. މީގެ ތަފްސީލް އޭނާ ދިނީ ކޮފީ ވިތް ކަރަންގައި އެވެ.

އަރްޖުން ބުނީ ދެމީހުން އުޅެނީ ވަރަށް ހަމަޖެހިގެން ކަމަށެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ދެމީހުން ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އޭނާ ބުނީ މަލައިކާ އާއި ކައިވަނި ކުރަން އަދި ނުވިސްނާ ކަމަށެވެ. އެއަށްވުރެ ފިލްމީ ކެރިއަކު މުހިންމު ކަމަށް އަރްޖުން ބުންޏެވެ. އުފަލަކީ ފިލްމީ ކެރިއަކުގައި ކާމިޔާބުވުން ކަމަށާއި އެކަމަށްވުރެ ދިރިއުޅުމުގެ އެހެން އެއްވެސް ކަމެއް މުހިންމު ނޫން ކަމަށެވެ.

އޭނާ ބުނީ އޭނާއަށް އުފަލާއި ކުރިއެރުން ލިބިގެން ނޫނީ ބައިވެރިޔާ އުފަލުގައި ނުބެހެއްޓޭނެ ކަމަށެވެ. އެހެން ކަމުން މަލައިކާ އާއި ކައިވެނި ކުރުމަކީ އަދި ބޭނުން ކަމެއް ނޫން ކަމަށެވެ.

އަރްޖުންގެ މި ވާހަކަ މާނަ ކުރި މީހުން ދެކޭ ގޮތުގައި އެބުނީ މަލައިކާ އާއި ކައިވެނިކޮށްފި ނަމަ އޭނާގެ އުފާވެރިކަން ކަމަށްވާ އެކްޓިން ކެރިއަރަށް އަސަރު ކުރާނެ ވާހަކަ އެވެ. އެހެންވެ އަނެއްކާވެސް މި ދެމީހުންގެ ދެމެދުގައި މިއޮންނަ ގުޅުމާއި މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދަން ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް