ފާހިޝް އަމަލުތަކުގެ މަންޒަރު މީޑިއާ އަދި ސޯޝަލް މީޑިއާގައި ފެތުރުން ގާނޫނީ ގޮތުން ހުއްޓުވެންޖެހޭކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކާއިމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް ވުޖޫދުވާންޖެހޭ ކަމަށެވެ.
"ގާނޫނީ އޮނިގަނޑެއް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖްތިމާއީ އަހްލާގިއްޔާތު އެއްކޮށް ފުނޑުފުނޑުވެގެން ހިނގައިދާނެ" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ އަލަމްގީރު ނަމަކަށްކިޔާ މީހަކާއެކު ދިވެހި އެތަކެއް ފިރިހެނުންނެއް އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާއި ގުޅުންހުރި އެފަދަ ވީޑިއޯތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ލީކުވެ ދައުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް