ރައީސް ސޯލިހަކީ އެމްޑީޕީއަށް ލިބުނު ކެހިވެރި މިތުރެއް: ޑރ. ޖަމީލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކެހިވެރި މިތުރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. ޖަމީލް މިހެން ވިދާޅުވީ ...

11 Aug 2021 | 17:54

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކެހިވެރި މިތުރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެކީ އޮތީ އެމަނިކުފާނާއި އެކު ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވުމުން ނެވެ. ޖަމީލް ވަނީ އެވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން އާންމު އުސޫލެއްގެ ގޮތުން ޓުވީޓެއް ކުރައްވާފަ އެވެ.

ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދިވެހި ގައުމު ދަރަނިވެރިކޮށް، ބޭރު މީހުންނަށް ހުންގާނަށް ފައިބަން ފުރުސަތު ދިނީ ސީދާ ރައީސް ސޯލިހުގެ ވިސްނުންފުޅުން ކަމަށް މިއަދު އެނގިވަދައިގެންފި ކަމަށެވެ. ރައީސް ސޯލިހުއަކީ އެމްޑީޕީއަށް ލިބުނު ކެހިވެރި މިތުރެއްކަން މިއަދު ސާފުވެއްޖެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މިވެރިކަމުގެ ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެކަމަށްވެސް އެ ޓުވީޓުގައި ޖަމީލް ވިދާޅުވިއެވެ.

https://twitter.com/MJameelAhmed/status/1425457995236855813

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ. އަދި މިހާރު އޮތް މެޖޯރިޓީ ދަމަހައްޓަވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރަން ވަރަށް އުނދަގޫ ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް