މަތިވެރީ ކައުންސިލުން ހިންގާ 2 މަޝްރޫއެއްގެ ފަހުމުނާމައިގާ ސޮއި ކޮށްފި

އއ މަތިވެރީ ކައުންސިލުން އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދެ ޕްރޮޖެކްޓެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި ދެ ފަހުމުނާމައިގާ ސޮއި ކުރުން އޮތީ މިއަދު އެވެ. މީގެތެރެއިން އެއް އެއްބަސްވުމަކީ އެ...

11 Aug 2021 | 17:34

އއ މަތިވެރީ ކައުންސިލުން އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދެ ޕްރޮޖެކްޓެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ދެ ފަހުމުނާމައިގާ ސޮއި ކުރުން އޮތީ މިއަދު އެވެ.

މީގެތެރެއިން އެއް އެއްބަސްވުމަކީ އެރަށުގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުވެ. އައުޓްޑޯ ވޮލީ ކޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ މަތިވެރީ ކައުންސިލާއި ހަމީދް އިންވެސްޓްމަންޓް ކޮމްޕެނީ އާއި އެކު އެވެ.

އެރަށު ކައުންސިލުން ބުނީ އެކުންފުންޏާއި އެކު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން 90 ދުވަސް ތެރޭގައި ވޮލީ ކޯޓުގެ މަސައްކަތް ނިންމާ ހަވާލު ކުރަން ޖެހޭ ކަމަށެވެ. އަދި ހަމީދް އިންވެސްޓްމަންޓް އިން މި ޕްރޮޖެކްޓުގެ ބިޑް ކާމިޔާބު ކުރީ އިތުރު 5 ކޮމްޕެނީ ބިޑާއި ވާދަކޮށް ކަމަށެވެ.

މިއަދު ސޮއި ކުރެވުނު ދެވަނަ އެއްބަސްވުމަކީ އެރަށުގެ ވޭސްޓް މެނޭޖްމަންޓް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މަތިވެރީ ކައުންސިލާއި އަމިއްލަ ފަރާތެއް ކަމަށްވާ އަނީސް އަހްމަދު އާއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް އަނީސް މެނޭޖް ކުރައްވަމުން ގެންދަވަނީ ދުވަހުން ދުވަހަށް އެރަށުގެ ގޭބިސީތަކުގައި އުފެދޭ ވޭސްޓް (ކާބޯތަކެތީގެ ތެރެއިން އުކާލާ ތަކެތި) އުކާލުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް