އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުކަމުން އާޒިމް ވަކިކޮށް، ފުރަތަމަ ފަހަރަށް އެ މަގާމަށް ކަނބަލެއް!

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ފުރަތަމަ ފަހަރަށް ކަނބަލަކު އައްޔަން ކޮށްފި އެވެ. އެމްއެންޑީއެފުން ބުނީ މިއަދުން ފެށިގެން އެ އިދާރާގެ އިންފޮމޭޝަނ...

11 Aug 2021 | 14:50

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ފުރަތަމަ ފަހަރަށް ކަނބަލަކު އައްޔަން ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދުން ފެށިގެން އެ އިދާރާގެ އިންފޮމޭޝަން އޮފިސަރަކީ ކެޕްޓަން ހަނާ މުހައްމަދު ކަމަށެވެ. އަދި މިއީ މިންތީގެ ހަމަހަމަކަށް ގާއިމް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ހަނާ އެ މަގާމަށް އައްޔަން ކުރެއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެމަގާމުގައި މިހާތަނަށް ހުންނެވި މޭޖާ އިބްރާހިމް އާޒިމް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އާޒިމް އަކީ މީޑިއާ އާއި ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. ސޯޝަލް މީޑިއާގައި ނޫސްވެރިންނަށް އިދާރާތަކުން ހަދާފައި ހުންނަ ގްރޫޕުތަކުގެ ތެރެއިން އެމްއެންޑީއެފްގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ކުރާ ސުވާލުތަކުގެ ތެރެއިން މަދު ދާއިރާތަކެއްގެ ސުވާލަކަށް ނޫނީ އާޒިމް ޖަވާބު ނުދެއްވާ ފަހަރެއް ނުދާނެ އެވެ.

https://twitter.com/MNDF_Official/status/1425427087221870594

އެމްއެންޑީއެފްގެ މީޑިއާ އެންޑް ޕަބްލިޝިންގ ސާވިސްގެ ކޮމާންޑިންގ އޮފިސަރެއްގެ މަގާމުގައި ހުރި އާޒިމް އެ މަގާމުން ވަކި ކުރުމަށް ފަހު ބަދަލު ކުރި ސެކްޝަނެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް