ހިލަވެއްޔާއި ދަނގަޑު ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ކ. ތިލަފުށިން ހިލަވެއްޔާއި ދަނގަނޑު ބަރުކޮށްގެން ދިޔަ "ރާޔަ" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. އެމްއެންޑީއެފް ކޯސްޓް ގަޑަށް ހާދިސާގެ ރިޕޯޓު ކުރީ މިއަދު މެންދުރު ފަހު 2:48 ގައި އެވެ. ވަކ...

11 Aug 2021 | 14:17

ކ. ތިލަފުށިން ހިލަވެއްޔާއި ދަނގަނޑު ބަރުކޮށްގެން ދިޔަ "ރާޔަ" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފް ކޯސްޓް ގަޑަށް ހާދިސާގެ ރިޕޯޓު ކުރީ މިއަދު މެންދުރު ފަހު 2:48 ގައި އެވެ. ވަކަރުފަޅި ރިސޯޓަށް ދަތުރު ކުރަމުން ދިޔަ އެ ދޯނި ބަންޑުން ޖަލާހީ ހެނދުނު 10:30 ހާއިރު އެވެ.

ދޯނި ބަންޑުން ޖަހާލި އިރު އޭގައި ދިވެއްސަކާއި ދެ ބިދޭސީން ތިއްބެވެ. އެމްއެންޑީއެފުން ބުނީ ދޯނި ބަންޑުން ޖަހާލި މީހުން ސަލާމަތް ކުރީ އެ ސަރަހައްދަށް ދިޔަ "ދިރުން" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިންނެވެ.

އަދި ފަހުން އެ ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑު ގޮސް ކަނޑުވި މީހުން ވަނީ ހުޅުމާލެއަށް ގެނެސްފަ އެވެ.

އެމްއެންޑީއެފުން ބުނީ89 ފޫޓުގެ އެ ދޯނި ބަންޑުން ޖަހާލީ ފިހާޅޮހި ރިސޯޓާއި ގާތްގަނޑަކަށް6.5 ނޯޓިކަލް މޭލު ދުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް