12 އަހަރުން މަތީގެ ކުޑަކުދިންނަށް ވެކްސިން ޖަހަން އަންނަ ހަފުތާގައި ފަށަނީ

އުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ވެކްސިން ޖަހަން އަންނަ ހަފުތާގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރުކުރިއ...

11 Aug 2021 | 11:53

އުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ވެކްސިން ޖަހަން އަންނަ ހަފުތާގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރުކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރައީސް ވިދާޅުވީ ވީހާވެސް އަވަހަކަަށް ވެކްސިންޖަހައި ނިންމުމަކީ އަމާޒެއް ކަމަށެވެ. އަދި އެންމެން ވެސް ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

"ދަރިވަރުންނަށް ރައްކާތެރިކަން"ގެ ނަމުގައި ތައުލީމީ ދާއިރާއަށް ޚާއްސަކޮށްގެން ކެމްޕޭނެއް ފަށާފައިވާއިރު، މިއީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ދަރިވަރުންނާ ގުޅުން ހުރި ހުރިހާ ފަރާތްތައް ވެސް ކޮވިޑުން ރައްކާތެރި ކުރުމަށް ފެށި ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޚާއްސަ ހާލަތްތަކުގައި 16 އަހަރުން މަތީގެ ކުޑަކުދިންނަށް ފައިޒަރ ވެކްސިން މީގެކުރިން ވެސް ދީފައިވާ އިރު، އެ ވެކްސިން ހުސްވެފައިވަނިކޮށް އެމެރިކާއިން ހަދިޔާކުރި ފައިޒަރ ވެކްސިން ޝިޕްމަންޓެއް މިދިޔަ ހޯމަ ދުވަހު ވަނީ ރާއްޖެ ގެނެސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް