ނަފުރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރާކަށް ނުފެނޭ: ރައީސް

ނަފުރަތު ހުއްޓުވުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު މިހާރު އޮތްގޮތަށް ފާސްކުރުމާ ދެކޮޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. މިއަދު ހާވީރު ކުރިއަށް ދ...

11 Aug 2021 | 11:41

ނަފުރަތު ހުއްޓުވުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު މިހާރު އޮތްގޮތަށް ފާސްކުރުމާ ދެކޮޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިއަދު ހާވީރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ސަރުކާރުން ހުށަހަޅާ ބިލްތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް މަޖިލީހުން ގެންނާނެކަމަށެވެ. އަދި ބައެއް ފަހަރު ސަރުކާރުން ބިލު ހުށަހެޅުމަށްފަހު އަނބުރާ ގެނެސްފައި ހުންނާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަގުތުން ދުރަށް ދެއްކި އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނަފުރަތު ހުއްޓުވުމުގެ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫންކަމަށެވެ.

އެ ބިލަށް ބައެއްކަހަލަ އިސްލާހުތައް ގެންނަންޖެހޭކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް