އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމުގެ ގޮތުން މަދަނީ ޖަމްޢިއްޔާތަކުން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން 15 ޖަމްޢިއްޔާއަކަށް މާލީ އެހީ ހަވާލުކޮށްފި އެވެ.
ހޮޓެލް ޖެންގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ޖަމްއިއްޔާތަކާއި ހަވާލުކޮށްދެއްވީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް އެވެ.
މިއީ އެ މިނިސްޓްރީން ކުރިޔަށް ގެންދާ "އެންޖީއޯ ގްރާންޓް ޕްރޮގްރާމް" ގެ ދަށުން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން 15 ޖަމްއިއްޔާ އެވެ.
މިފަހަރުގެ ޕްރޮގްރާމްގައި އެ މިނިސްޓްރީން ވަނީ ތިން ދާއިރާއަކުން މާލީ އެހީ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހުޅުވާލާފަ އެވެ.
ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރި އިރު މިފަހަރު މާލީ އެހީ ހޯދުމަށް ރާއްޖޭގެ 12 އަތޮޅަކުން 62 ޖަމްޢިއްޔާއެއް ކުރިމަތިލި އެވެ.
އެގޮތުން އެހީ ލިބުނު ޖަމްޢިއްޔާތަކަކީ:
1. ނަލަފެހި މީދޫ
2. ލިވް އެންޑް ލާރން އެންވަޔަރަމަންޓަލް އެޑިއުކޭޝަން މޯލްޑިވްސް
3. މޯލްޑިވްސް ފެމިލީ ފައުންޑޭޝަން
4. ހުވަދޫ އެއިޑް
5. ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑެވެލޮޕްމަންޓް އެންޑް އެމްޕަވަރމަންޓް
6. އިންސްޓިލް މޯލްޑިވްސް
7. ތަކަންދޫ އެކުވެރިންގެ ރޫޙް
8. ނައިފަރު ޖުވެނައިލް
9. ނަޑެއްލާ އައިލެންޑް ޑެވެލޮޕްމަންޓް ސޮސައިޓީ
10. ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
11. ނެޓްވޯކް އޮފް ޑެވެލޮޕިންގ ސޮސައިޓީ
12. ވެށިސާފު
13. ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ
14. ޖާރނީ
15. ކެއާރ'88 އީ.ޕީ.އެސް.އެސް
ކުރިޔަށް އޮތް ތަނުގައި ވެސް މަދަނީ ޖަމްއިއްޔާތަކަށް މާލީ އެހީ ދިނުމަށް އެކި ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް