މިއަދުވެސް ހިރިމަރަދޫ ސްކޫލްގެ ދަރިވަރުން ކުލާސްތަކަށް ހާޒިރު ނުވޭ!

މިއަދު ވެސް ހިރިމަރަދޫ ސްކޫލްގެ ދަރިވަރުން ކުލާސްތަކަށް ހާޒިރު ނުވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. އިއްޔެ އަދި މިއަދު ވެސް ދަރިވަރުން ސްކޫލަށް ހާޒިރު ނުވީ ބެލެނިވެރިން އެ ދަރިވަރުން ސްކޫލަށް ފޮނުވާފަ...

11 Aug 2021 | 10:35

މިއަދު ވެސް ހިރިމަރަދޫ ސްކޫލްގެ ދަރިވަރުން ކުލާސްތަކަށް ހާޒިރު ނުވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިއްޔެ އަދި މިއަދު ވެސް ދަރިވަރުން ސްކޫލަށް ހާޒިރު ނުވީ ބެލެނިވެރިން އެ ދަރިވަރުން ސްކޫލަށް ފޮނުވާފައި ނުވާތީއެވެ. ސަބަބަކީ ސްކޫލްގައި ބެލެނިވެރިން ކަންބޮޑުވާ މައްސަލަތަކެއް ހުރެމެ، އެކަންކަން ހައްލު ނުވުމެވެ.

ހދ. ހިރިމަރަދޫގައި ހުންނަ އެ ރަށު ސްކޫލުގެ ހާލަތު ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ވެސް މިއަދު ވަނީ އެ ރަަށަށް ގޮސްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހިރިމަރަދޫ ސްކޫލުގެ ކަންކަން ބެލުމަށާއި ރަނގަޅުކުރަން ހުރި ކަންތައްތައް ދެނެގަންނަން މިނިސްޓްރީގެ ޓީމެއް އެރަށަށް މިހާރު ގޮސްފައިވާ ކަމަށެވެ.

ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މީޑިއާ އަށް ވިދާޅުވީ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ނުފޮނުވަނީ ސްކޫލާމެދު އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭތީ އެވެ.

އެގޮތުން ފާއިތުވި ދިހަ ބާރަ އަހަރު ވީއިރުވެސް ސްކޫލުން އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމަށާއި ދަރިވަރުންގެ ނަތީޖާ ވަރަށް ދަށް ކަމަށެެވެ. އެހެންވެ އެރަށުގެ ގިނަ ދަރިވަރުން މިހާރު ކުޅުދުއްފުށި ސިޓީއަށާއި މާލެއަށް ކިޔެވުން ބަދަލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް