ދިވެހިން ހިންގާ ކުންފުންޏަކުން ލަންކާގެ ބައިނަލްއަގުވާމީ ބަނދަރަކަށް ޔޮޓް ބަންނަނީ

ދިވެހިން ހިންގާ ކުންފުންޏަކުން ސްރީ ލަންކާގެ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓުގައި ޔޮޓު ބަންނަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސީ ހޯސް ޔޮޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކ...

11 Aug 2021 | 10:30

ދިވެހިން ހިންގާ ކުންފުންޏަކުން ސްރީ ލަންކާގެ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓުގައި ޔޮޓު ބަންނަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސީ ހޯސް ޔޮޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް އަލީ ހަސަން ދީދީއެވެ. އަދި ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓު ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޖޯންސަން ލިއުއެވެ.

58 މިލިއަން ޑޮލަރު (894.3 މިލިއަން ރުފިޔާ)ގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައި ވެއެވެ.

ސީ ހޯސް ޔޮޓް ޕްރައިވެޓް ލިމިޓެޑަކީ ލަންކާގައި ރަޖިސްޓްރީ ކޮށްގެން ހަމްބަންޓޯޓާގައި ހިންގާ ކުންފުންޏެއް ނަމަވެސް މި ކުންފުނީގެ ހިއްސާދާރުންނަކީ ދިވެހިންނެވެ.

މި މަޝްރޫއުގައި ލަންކާގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން. މި ކުންފުންޏަށް އިނގިރޭސި ވިލާތާއި ޔޫރަޕްގެ ގައުމުތަކާއި ދެކުނު އެފްރިކާ ފަދަ ގައުމުތަކުގެ އެކިއެކި ފަރާތްތަކުގެ ޓެކްނިކަލް ސަޕޯޓް ލިބޭ ކަމަށް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް