މީރާގެ ތަޅައިގެން ގޮސްފައިވާ ގަޑި ފެނި، ބަޔަކު މަލާމަތް ކޮށްފި!

މީރާ ރާޖްޕުތް އޭނާގެ ތަޅައިގެން ގޮސްފައިވާ ގަޑި ދިފާއުކޮށް، މަލާމަތް ކުރި މީހުންނަށް ވަރުގަދަ ރައްދެއް ދީފިއެވެ. ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތު ދާދި ފަހުން ފެނިގެންގޮސްފައިވާ...

11 Aug 2021 | 09:23

މީރާ ރާޖްޕުތް އޭނާގެ ތަޅައިގެން ގޮސްފައިވާ ގަޑި ދިފާއުކޮށް، މަލާމަތް ކުރި މީހުންނަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތު ދާދި ފަހުން ފެނިގެންގޮސްފައިވާ ވީޑިއޯގައި އޭނާ އަތުގައި އަޅާފައިވާ ގަޑި ވަނީ ތަޅައިގެންގޮސްފައެވެ. އެ ގަޑި ފެނިފައި ބައެއް މީހުން މަލާމަތް ކުރި ނަމަވެސް ބައެއް މީހުން ވަނީ ގަޑިއެއް ގަނެދެންތޯ ވެސް މީރާ ގާތު އަހައިފައެވެ.

މި އެންމެންނަށް ރައްދު ދިނުމަށް މީރާ ބުނީ އެ ގަޑި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކަމަށާއި ތެޅިފައި އޮތަސް މާ ބޮޑު މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. އޭނާ އެ ގަޑި ބޭނުން ކުރުން ހުއްޓާ ނުލާނެ ކަމަށާއި، ކުޑަކޮށް ތެޅިފައިވި ނަމަވެސް އެންމެ ރަނގަޅަށް އެ ގަޑި މަސައްކަތްކުރާ ކަމަށްވެސް މީރާ ބުންޏެވެ

މީރާ އޭނާގެ އިންސަޓްރާމް ސްޓޯރީގައި ބުނީ، އޭނާގެ ތަޅައިގެން ގޮސްފައިވާ ގަޑިއަށް ވަރަށް ގިނަ މީހުންގެ ސަމާލުކަން ލިބިފައިވާ ކަން ފާހަގަވާ ކަމަށާއި ގަޑީގެ ކަމަރު ބަދަލުކޮށްލުމުން އާ ގަޑިއެއް އެޅުންފަދަ ކަމަށެވެ. ކޮންމެ ގޮތަކަށް އޮތަސް އެ ގަޑި އެއްލާލަން އަދި ވިސްނާފައި ނުވާ ކަމަށެވެ.

ފަހަކަށް އައިސް މީރާ ދަނީ އޭނާގެ ރީތި ފޮތޯތަކެއް ހިއްސާ ކުރަމުންނެވެ.

މީރާ އާއި ޝާހިދު ކައިވެނި ކުރީ 2015 ވަނަ އަހަރުއެވެ. މި ކައިވެންޏަށް 2 ކުދިންވެސް މިހާރު ވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް