ފުލުހުން ހިންގި އޮޕަރޭޝަަނެއްގެ މައުލޫމާތު ލީކުކުރި ކަމުގެ ތުހުމަތު ދާންދޫ ކައުންސިލްގެ ރައީސް އަށް

ފުލުހުން ހިންގި އޮޕަރޭޝަަނެއްގެ މައުލޫމާތު ލީކުކުރި ކަމުގެ ތުހުމަތު ދާންދޫ ކައުންސިލްގެ ރައީސް އަށް ކުރެވިއްޖެ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަ...

11 Aug 2021 | 09:01

ފުލުހުން ހިންގި އޮޕަރޭޝަަނެއްގެ މައުލޫމާތު ލީކުކުރި ކަމުގެ ތުހުމަތު ދާންދޫ ކައުންސިލްގެ ރައީސް އަށް ކުރެވިއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގއ. ދާންދޫގައި ހިންގި އޮޕަރޭޝަނެއްގެ މައުލޫމާތު ލީކު ކުރި ކަމުގެ ތުހުމަތުގައި 4 މީހެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް އޭނާ ހިއްސާނުކުރެއެވެ.

ނަމަވެސް، "ދުވަސް"އަށް އެނގިފައިވާ ގޮތުގައި ފުލުހުން ފޯނު ހިފެހެއްޓި އެކަކީ އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް އެވެ.

ފުލުހުން އެ ރަށުގައި ހިންގީ މަސްތުވާތަކެތީގެ އޮޕަރޭޝަަނެކެވެ،

ކޯޓު އަމުރެއްގެ ދަށުން މި ހަތަރު މީހުންގެ ފޯނު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރެވެމުން ދާއިރު، އެއްވެސް މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ. އަދި މަސްތުވާ ތަކެއްޗާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަންގައި އެއްވެސް މީހަކު އެރަށުން އަތުލައިގަނެފައި ނުވާކަމަށްވެސް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް