ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ޖަލަށްލާން ހުކުމް ކޮށްފި އެވެ.
އޭނާ ޖަލަށް ލާން ހުކުމް ކުރީ ސްޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވެ، އެ ކޯޓަށް ހާޒިރު ނުވުމުން ނެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ސުޕްރީމް ކޯޓުގައި އަޑުއެހުމެއް މިއަދު ވެސް ބާއްވަފައިވާ އިރު، އަލީ ވަހީދު ޝަރީއަތަށް މިއަދުވެސް ހާޒިރުވެފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓަށް މިއަދު މެންދުރު 1 ޖެހިއިރު ތާވަލުކޮށްފައިވާ ޝަރީޢަތަށް ހާޒިރުވުމަށް އަލީ ވަހީދަށް އަންގާފައިވާއިރު، މިއަދުގެ އަޑުއެހުމަށްވެސް އަލީ ވަހީދު ހާޒިރުނުވުމުގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް