ރ. ވާދޫ އާ މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް އޯގަސްޓްމަހުގެ ތެރޭގައި ފަށަނީ

ރ. ވާދޫ އާ މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް އޯގަސްޓްމަހުގެ ތެރޭގައި ފަށާނެ ކަމަށް އެ މަސައްކަތާއި ހަވާލުވި ފަރާތުން މަޢުލޫމާތު ދީފިއެވެ. އިސްލާމިކް މިނިސްޓްރީގައި ޖުލައި މަހުގެ ކުރީކޮޅު އޮތް ބައް...

11 Aug 2021 | 08:26

ރ. ވާދޫ އާ މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް އޯގަސްޓްމަހުގެ ތެރޭގައި ފަށާނެ ކަމަށް އެ މަސައްކަތާއި ހަވާލުވި ފަރާތުން މަޢުލޫމާތު ދީފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ޖުލައި މަހުގެ ކުރީކޮޅު އޮތް ބައްދަލުވުމެއްގައި މި މަސައްކަތް ހަވާލު ކޮށްފައިވަނީ، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 4.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައިކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މީގެ ކުރިން, 2019 އަހަރުގެ އޮކްޓޯބަރު މަހުގެ 16 ގައި އެ މިސްކިތުގެ އަމަލީ މަސައްކަތް އެސްކޮން ބިލްޑާރސް ކިޔާ ކުންފުންޏަކުން ފަށާފައިވެއެވެ.

150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލު ކުރިނަމަވެސް، އެމަސައްކަތް ވަކި ހިސާބަކުންވަނީ ހުއްޓިފައެވެ.

ވާދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ނުފެށި ލަސްވަމުން ދާތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް