ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާނީ މިއަދު ހަވީރު 4:00 ޖަހާއިރު ކަމަށެވެ.
https://twitter.com/MvSpokesperson/status/1425356219061919748
ރައީސް އޮފީހުގައި ބާއްވަވާ މިބައްދަލުވުމުގައި ކޮވިޑް-19އާއި ގުޅިގެން ސަރުކާރުން ދީފައިވާ ލުއިތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ހިއްސާ ކުރައްވާނެ އެވެ.
ކޮވިޑް ކޮންޓްރޯލްކުރުމަށް ކުރައްވަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ސޯލިހު ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް